މުދާ ބާލަން އެޅޭނެ ހުރިހާ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ- ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މުދާ ބާލަން އެޅޭނެ ހުރިހާ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ- ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ޝާހިދު

ރާއްޖެއަށް މުދާު ގެންނަ ބޯޓު ފަހަރުން މުދާ ބާލަން އެޅޭނެ ހުރިހާ ހުރަސްތްކެއް މިހާރު ވަނީ ކުރިމަތިވެފައި ކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޝާހިދު މިއަދު ވިދާޅުވީ މުދާ ބާލަން ބޭނުންކުރާ ގިނަ އިކްއިޕްމަންޓްތައް މިހާރުވެސް ހުރީ ހަލާކުވެފައި ކަމަށާއި ތަނުގައި ޖާގަ ނެތުމުން އެންމެ ބޮޑު 4 ވެހިކަލް ބޭނުންވެސް ނުކުރެވޭ ކަމަށެވެ. ހަމައެއާއިއެކު ވެހިކަލް ދުއްވަންހުރި މަގުތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން ވެސް ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރުން އިތުރުވެފައިވާ މިންވަރަށް ބަލާއިރު މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެހެންކަމުން ތިލަފުށްޓަށް ޕޯޓް ބަދަރުކުރުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފަށްޓަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "މަސއްކަތް ފަސަން ފުރަތްމް ފޭސްއަށް ޚަރަދުކުރާނެ ފައިސާ މިހާރުވެސް އެބަހުރި."

"ތިލަފުށީގެ ފުރަތަމަ ފޭސް ނިމުމުންވެސް އެއްފަހަރާ 2 ބޯޓަށް ކައިރި ކުރެވޭނެ. ބޭރުގައި ބާއްވައިގެން އިތުރު 2 ބޯޓުން މުދާ ހުސްކުރެވޭނެ. ކުދި ބޯޓުފަހަރަށް އެތެރެއަށްވަދެވި ފަސޭހަކަމާއިއެކު މުދައު ބޭލޭނެ. ޖާގަހަމަ ވަރަށް ބޮޑުކޮށް ތަރައްޤީކުރާނީ. މަޝްރޫޢު އެކުގައި ނިމޭއިރު އެއްފަހަރާ ބޮޑެތި 4 ބޯޓަށް ކައިރިކޮށް މުދާ ހުސްކުރެވޭނެ." ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު އެސްޓީއޯ އޮތް ހާލަތުން ސަލާމަތް ކުރުމަށްވެސް ޝާހިދު ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައެވެ.

މިއަދު އޮންލައިން