ފޭރުމުގެ މައްސަލައެއްގައި ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ހުރި އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވި ސަބަބު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އިތުރު ތަފްސީލު ފުލުހުން އަދި ދީފައެއް ނުވެއެވެ.
ދޫނިދޫ ޖަލަކީ ފުލުހުން ތަހުގީގު ކުރާ އެކިއެކި މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައި ތިބޭ މީހުން ބައިތިއްބާ ޖަލެވެ.