ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓު ނީލަން ކިޔަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓު ނީލަން ކިޔަނީ!

ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓު ނީލަން ކިޔަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިއުލާނު ކޮށްފިއެވެ.

އެސްބީއައި އިން ޕާމް ބީޗް ރިސޯޓު ނީލަންކިކުމަށް ނިންމާފައިވަނީ މި ރިސޯޓުން ރަހުނުކޮށް އެބެންކުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. 

މި ރިސޯޓުން ރަހުނުކޮށް ލޯނު ނަގާފައިވަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑުން ކަމަށް އެސްބީއައިން ވަނީ ބުނެއެވެ.

މިދިޔަ އަހަރުގެ ޖުލައި 22 ވަނަ ދުވަހު ސިވިލް ކޯޓުން، މިރިސޯޓް ވިއްކާލައިގެން ލޯނުގެ ނުދައްކާހުރި ފައިސާ ހޯދުމުގެ ހުއްދަ އެސްބީއައި އަށް ވަނީ ދީފައެވެ.

އެސްބީއައިން ބުނެފައިވާގޮތުގައި ރިސޯޓް ނީލަން ކިޔުން ފެށެނީ 35 މިލިޔަން ޑޮލަރު (539.7 މިލިޔަން ރުފިޔާ) އަށް ކަމަށާއި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 10،000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް އެ ބޭކުގައި ބަހައްޓަން ޖެހޭނެކަމަށެވެ.

 

 

 

 

މިއަދު އޮންލައިން