ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މިގޮތަށް މިއަދު އަމުރުކުރީ މި ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުން އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
ސިވިލް ކޯޓުން މިއަދު ކުރިއަމުރުގައި 13 ގަވާއިދެއް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. މީތެރޭގައި ބިލްޑިން ކޯޑާއި އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ބެހޭ ގަވާއިދު ހިމެނެއެވެ. ސަލާމަތީ މިންގަނޑުތަކާ ބެހޭ ގަވާއިދު މި މަސް ނިމުމުގެ ކުރިން ހަދައި، އާންމު ކުރަން ވަނީ އަމުރު ކޮށްފައެވެ.
އަދި މީގެ އިތުރުން ދެން ހުރި ގަވާއިދުތައް އަންނަ މާޗް މަހުގެ އެކި ތާރީޚުތަކުގައި ހަދަން ކޯޓުން ވަނީ މުއްދަތުތަކެއް ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން 14 ގަވާއިދެއް ސަރުކާރުން ހަދާފައެއް ނުވެއެވެ.