ދޫނިދޫގައި މަރުވި އަންހެންމީހާގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ދޫނިދޫގައި މަރުވި އަންހެންމީހާގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ފޭރުމުގެ މައްސަލައެއްގައި ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައިހުރި އުމުރުން 23 އަހަރުގެ އަންހެނަކު ކުއްލި ގޮތަކަށް މިއަދު މަރުވުމާއި ގުޅިގެން، އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިރޭ ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 23 އަހަރުގެ އަންހެން މީހާގެ ކުއްލި މަރު، އެކޮމިޝަނުން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. 

މަރުވި އަންހެން މީހާގެ މަރު ތަހުގީގު ކުރަން އެޗްއާރްސީއެމް އިން ނިންމާފައިވާއިރު، އެއަންހެން މީހާގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހެދުމަށް އާއިލާއާއި މަޝްވަރާ ކޮށްދީގެން ބަލައި ދިނުމަށް ފުލުހުން މިރޭ ވަނީ ކަމާއި ބެހޭ މުއައްސަސާތަކުގައި އެދިފައެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދެވުނު ދުވަހުން ފެށިގެން އޭނާއަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދީ ފުލުހުންގެ ފަރާތުން ލިބިދޭން ޖެހޭ ޙިދުމަތްތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މިއަދު އޮންލައިން