އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތު ފާރެއް ފަޅާލައިފި

ކިޔުމަށް ހޭދަވާނީ 44ސ
އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތު ފާރެއް ފަޅާލައިފި

ބ. އޭދަފުށީގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތުގެ ފާރެއް ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތު ފާރެއް ފަޅާލައި އެމިސްކިތުގެ ގޯތި ތެރެއަށް ވަދެފައިވަނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ.

މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިނީ ވަގުތީ ލައިސެންސް އޮތް މީހެކެވެ.

އެކްސިޑެންޓުވީ ސަރަޙައްދުގައި މިވަގުތު ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭދަފުށީގައި މިސްކިތެއްގެ ފާރެއް ފަޅާލާ ކާރެއް ވަދެފައިވާއިރު، ދާދި ފަހުން އައްޑޫސިޓީ ގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެދުވަހު ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އަރާފައި ވަނީ އެސްބީއައިގެ ބިއްލޫރިގަނޑަށެވެ

 

މިއަދު އޮންލައިން