ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު މީހާ ފެނިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު މީހާ ފެނިއްޖެ!

ލިޔުނީ؛ ޒިދާން މުހައްމަދު

ރ. ރަސްމާދޫ ކައިރިއަށް ހުފިލަނޑާނެގުމަށް ފީނި މީހަކު، ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިޖެއެވެ. އެގޮތުން ހޯދަމުންދަނިކޮށް ފެނިފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

 

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިކަން ރ. ދުވާފަރުގައި ހުންނަ ފުލުހުންގެ އިދާރާއަށް މިއަދު ހެނދުނު 10:25 ހާއިރު ރިޕޯޓުކުރުމުން، ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން އެމިހާ ހޯދުމުގެ މަސައްކަތް ފަށި ކަމަށާއި، އަދި މިހާރު އެމީހާ ފެނިފައި ވާކަމަށެވެ.

އެމީހާ ފެނިފައި ވަނީ ރ. އަތޮޅުގައި އޮއްނަ ފަޅު ރަށެއް ކަމަށްވާ ދިއްކުރެންދޫން މެންދުރުފަހު 12ގަޑި 6މިނެޓުގައެވެ. ފުލުހުން ބުނީ އޭނާ ދުވާފަރަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިމީހާ ގެއްލިގެން ހޯދަން ފެށީ، ފީނަން ފޭބުމަށްފަހު، 2 ގަޑިއިރުވީ ފަހުންވެސް ޚަބަރެއް ނުވެގެންނެވެ.

މިއަދު އޮންލައިން