މަނަދޫއިން މީހަކު ގެއްލިގެން ހޯދަނީ!

ކިޔުމަށް ހޭދަވާނީ 59ސ
މަނަދޫއިން މީހަކު ގެއްލިގެން ހޯދަނީ!

ލިޔުނީ؛ ޒިދާން މުހައްމަދު

ލަނޑާ ނަގަން އުޅުނު ނ. މަނަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިއީ މިއަދު މިގޮތައް މޫދުން ގެއްލިގެން ހޯދާ ދެވަނަ މީހާއެވެ. 

އެވެއެމްއެންޑީއެފް މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލަނޑާ ނަގަން މަނަދޫ ދެކުނު ފަރާތަށް މޫދަށް އެރި އުޅެނިކޮށް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި  އޭނާ ހޯދުމުގެ މަސައްކަތް ނޮދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަނުން މިހާރު ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން، ގެއްލިގެން ހޯދަމުން ދަނީ، ނ. މަނަދޫއަށް އުފަން އުމުރުން 24 އަހަރުގެ، މުހައްމަދު ޝާވިންއެވެ.

މައުލޫމާތުލިބިފައިވާ ގޮތުން،  އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޖާޒީ އަކާއި ފެހި، ކަޅު އަދި ހުދު ކުލަ ހުރި ސޯޓެކެވެ. މީގެ އިތުރުން، އޭނާ އަޅައިގެން ހުރީ ކަޅު ކުލައިގެ މާސްކެކެވެ. އަދި ލައްވައިގެން އުޅުނީ ހުދުކުލައިގެ ފިންސެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު ވަނީ ރ. ވަންދޫ ކައިރި އަށް ލަނޑާ ނަގަން ފީނި މީހަކު ވެސް ގެއްލިގެން ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ފެނިފައެވެ.

މިއަދު އޮންލައިން