ގެއްލުނު މަނަދޫ މީހާ ވެސް ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 41ސ
ގެއްލުނު މަނަދޫ މީހާ ވެސް ފެނިއްޖެ!

ލިޔުނީ: ޒިދާން މުހައްމަދު

ލަންޑާ ނަގަން އުޅެނިކޮށް މިއަދު ގެއްލިގެން ރިޕޯޓުކުރި މަނަދޫ މީހާ ފެނިއްޖެއެވެ. އެމީހާ ފެނިފައި ވަނީ މިއަދު މެންދުރުފަހު 13:45 ހާއިރު އޭނާ ހޯދުމަށް ހަރަކާތްތެރިވި ޑިންގީއަކަށެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ލަނޑާ ނަގަން މަނަދޫ ދެކުނު ފަރާތަށް މޫދަށް އެރި އުޅެނިކޮށް މީހަކު ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އޭނާ މިހާރު ފެނިފައި ވާކަމަށެވެ. 

މިއަދު ހެނދުނު ވަނީ ރ. ވަންދޫ ކައިރި އަށް ފީނައިގެން ލަނޑާނަގަން ފޭބި މީހަކު ވެސް ގެއްލިގެން ރިޕޯޓް ކޮށްފަ އެވެ. އއެއެންޑީއެފުން ވަނީ އޭނާ ހޯދުމުގެ މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފައެވެ. އޭނާ ފެނިފައި ވަނީ އެތާ ކައިރި ފަޅު ރަށަކުންނެވެ.

މިއަދު އޮންލައިން