ކ. މާފުށީ ގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ދިޔަ ބިދޭސީއަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވާ ގޮތުގައި، މާފުށީ ގައި މަރުވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ދިޔަ އުމުރުން 38 އަހަރުގެބަންގްލަދޭޝް ފިރިހެނެކެވެ.
އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށާއި އޭނާ މަރުވީ މޭގައި ރިއްސާތީ އުޅުމުން މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދީފައިވެއެވެ.