އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ސީރިއަސް ހާލަތުގައި!

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ސީރިއަސް ހާލަތުގައި!

ލިޔުނީ: ޒިދާން މުހައްމަދު

މަލޭސިޓީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް އަނިކާވެ، ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވި ކުއްޖާއަށް ކަމަށާއި، އިތުރު މީހަކު ސައިކަލުގައި ނެތް ކަމަށެވެ. އަދި ސައިކަލު ޖެހުނީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ކުއްޖާއަސޤ މިހާރު ދަނީ އައިޖީއެމްއެޗްގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބޭތީ، އަނިޔާގެ ތަފްސީލެއް ނުލިބުނެވެ.

މި ހާދިސާގައި ސައިކަލްގެ ހުންގާނު ވަނީ ފުނޑުފުނޑުވެފަ އެވެ.

މިއަދު އޮންލައިން