ލިޔުނީ: ޒިދާން މުހައްމަދު
ފޮޓޯ: މުބީން މުސްޠަފާ
މި ފަހަކަށް އައިސް ބުރިޖު އަދި ހައިވޭގައި ދުއްވާފައިދާ ބައެއް މީހުނަށް ޖިންނިއެއްގެ އުނދަގޫ ވާކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ. މިހާރަކަށް އައިސް ބުރިޖު އަދި ހައިވޭގައި އެކްސިޑެންޓުތައް ގިނަވާ ސަބަބަކީ މިއީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮންމެއަކަސް ކާރު ޑުރައިވަރަކު ދެއްކި ވާހަކައެއް ހިއްސާކޮށްލާނަމެވެ. އޭނާ ކިޔައިދިން ގޮތުގައި، އެކަނިމާއެކަނިން އެއްރޭ ދަންވަރު ބުރިޖު ހައިވޭގައި ދުއްޥަފައި ދަނިކޮށް، ވަރަށް ގަދަޔަށް ފަރުހަކިވަސް ދުވަން ފެށިއެވެ. ނަމަވެސް، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ކާރު ދުއްވިއެވެ. ކުއްލިއަކަށް ކާރުގެ ކުރިމަތިން ފެނުނީ އަންހެނަކާއި ކުޑަކުއްޖެކެވެ. ލިބުނު ސިހުމާއެކު ފަހަތު ބުރަތްކާއި ހޭންޑް ބުރަކި އެއްފަހަރާ ޖައްސާ ހުންގާނު އަނބުރާލިއެވެ. ހަމައެއާއެކު ކާރު ފުރޮޅިގެންދިޔައެވެ. އޭގެ ފަހުން ވީގޮތެއް ކިޔައިދޭން ނޭންގޭ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން، މިހާރު ފެތުރެމުންދާ އަޑުތަކުން ވެސް މިކަހަލަ ކަންތައްތައް ބުރިޖު މަތީގައި ހިނގާކަން އެބަ އެނގެއެވެ. ބައެއް ފަހަރު ސައިކަލުގައި ދާއިރު ފަހަތުން ގޮވާ އަޑު އިވުމާއި ވަކި ހިސާބަކުން އަންހެންކުއްޖަކު ސައިކަލު ފަހަތަށް އަރާ އިންނަތަން ލޯގަނޑުން ފެންނަކަމަށް މީހުން ދަނީ ބުނަމުންނެވެ.
ފެތުރެމުންދާ މި އަޑުތަކަކީ ހަޤީޤަތަކައް ވެސް ވެދާނެއެވެ. ނުވަތަ ދެކެވޭ ތޯތޯ ވާހަކަތަކަކަށް ވެސް ވެދާނެއެވެ. އެނޣޭ އެއްޗަކީ ޖިއްނީންނަކީ ވެސް މި ބިންމަތީ ލައްވާފައިވާ މަހުލޫޢުން ކަމެވެ،.