މޫނު ބުރުގާ އަޅާ އަންހެނަކަށް ތޮއްޑޫ ސްކޫލުން ވަޒީފާ ހަމަޖައްސައިދީފި

ކިޔުމަށް ހޭދަވާނީ 48ސ
މޫނު ބުރުގާ އަޅާ އަންހެނަކަށް ތޮއްޑޫ ސްކޫލުން ވަޒީފާ ހަމަޖައްސައިދީފި

މޫނު ބުރުގާ އަޅާފަ ހުރި އަންހެނަކަށް އެޑިއުކޭޝަނުން އއ. ތޮއްޑޫ ސްކޫލުން ވަޒީފާ ހަމަޖައްސައިދީފިއެވެ. މޫނު ބުރުގާ އަޅާފައި ތިބޭ އަންހެނުންނަށް ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ. 

މޫނު ބުރުގާ އަޅާފައިވާ އަންހެނަކަށް ވަޒީފާގެ ފުރުސަތު މިސަރުކާރުގައި ފަހިކޮށް ދީފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރުގައި ވަނީ މޫނު ބުރުގާ އަޅައިގެން ތިބި އެތައް އަންހެނުންނެއް "އުޒުރު" ތަކާއެކު ވަޒީފާއިން ވަކިކޮށްފައެވެ. އަދި މޫނުއަޅާފައި ތިބި އެތައް އަންހެނުންނަކަށް ވަޒީފާ ލިބުމުގެ ދަތިކަން ވެސް އެސަރުކާރުގައި ކުރިމަތިވެފައިވެއެވެ. 

އެނގިފައިވާ ގޮތުގައި ތޮއްޑޫ ސްކޫލުން ވަޒީފާ ދީފައިވާ އެއަންހެން މީހާއަކީ މިއަހަރު އަލަށް ވަޒީފާއަށް ނިކުންނަ ފަރާތެކެވެ. އޭނާއަކީ ޑިޕްލޮމާ ފުރިހަމަ ކުރައްވައިގެން ހުރި ފަރާތެއް ކަމަށާއި ކިޔަވައިދެނީ ފައުންޑޭޝަން ސްޓޭޖަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

މިއަދު އޮންލައިން