ލިޔުނީ: ޒިދާން މުހައްމަދު
ސަފާރީއެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގަ އެއްޗެއް ގޮވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު 11:45 އެހާކަށްހާއިރުކަމަށެވެ. މި ހާދިސާގައި ފިހިފައިވާ އެކަކަކީ ދިވެއްސެއް ކަމަށާއި ދެން ފިހިފައި ވަނީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގައި ފިހިފައި ވާ ދެމީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި ފިހިފައިވާ ބިދޭސީ މީހާއަކީ ލަންކާގެ ރައްޔިތެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާގައި ސަފާރީއަށް ގެއްލުންތަކެއް ވީ ނަމަވެސް، ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.