އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ ދިރިއުޅޭ ގޭގެ ފަސްވަނަ ފަންގިފިލާއިން އެހެން ގެއެއްގެ ފުރާޅަށް ވެއްޓިގެން ފަރުވާ ދެމުން އެބަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ އެކުއްޖާއަށް މިހާރު އައިޖީއެމްއެޗް ގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:01 ގައެވެ.
ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް މިކަން ހިނާގާފައިވަނީ މާލޭގައި ހުރި ގެއަކުން ކަމަށް އެނގިފައިވެއެވެ.