ކ. ތުލުސްދޫ ގައި މޫދަށް އެރި އުޅުނު ޕާކިސްތާނު ފިރިހެނަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:29 ހާއިރު ކަމަށެވެ.
ގެނބުނު ޕާކިސްތާނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭނާއަށް ތުލުސްދޫ ސިއްޙީ މަރުކަޒުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.