މުށިމަސްމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 25ސ
މުށިމަސްމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

އދ. މުށިމަސްމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ އަންހެނެކެވެ. 

ސަފާރީއެއްގައި އެސަރަޙައްދަށް ގޮސް ފީނަން އުޅުމުގެ ތެރޭގައި އެމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:06 ހާއިރުއެވެ. 

މަރުވި މީހާގެ ހަށިގަނޑު މިވަގުތު އޮތީ ސަފާރީގައި ބާއްވާފައި ކަމަށާއި އެސަރަޙައްދަށް ފުލުހުން މިވަގުތު ދަތުރު ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން