ބ. ދަރަވަންދޫ ކުނި ގޮނޑުގައި ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:20 ހާއިރެވެ.
އަލިފާން ނިއްވާލުމަށް ފުލުހުންނާއި ދަރަވަންދޫ އެއާޕޯޓު ފަޔަރ ސާވިސް މިހާރު އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.