ގއ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ގއ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތަކު މަރުވެއްޖެ

ގއ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތަކު މިއަދު ހެނދުނު މަރުވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު، ގއ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 39 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

 

އެމީހާ މަރުވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި އޭނާ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

 

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން