ލިޔުނީ: ޒިދާން މުހައްމަދު
ފޯސީޒަން ކުޑަހުރާގައި ތުނބުޅި ބަހައްޓައިގެން މަސައްކަތަށް ނިކުތް މައްސަލާގައި، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ. އެގޮތުން، ވަޒީފާއިން ވަކިކޮށްފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ އިންޑިއާ ކައްކާއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، އޭނާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށް، ރިސޯޓުން ފޮނުވާލާފައެވެ. މިމަހުގެ 17 ވަނަ ދުވަހު މަސައްކަތަށް ނުކުތް އެމީހާ ވަޒީފާއިން ވަކިކުރީ، ތުނބުޅި ބެހެއްޓުމަކީ އެ ރިސޯޓުގެ ގަވައިދާ ހިލާފު ކަމަކަށްވެފައި، މުވައްޒިފުންތަކެއް އެ މައްސަލަ އެ ރިސޯޓުގެ އެޗްއާރަށް ހުށައެޅުމުންނެވެ.
ފޯނަށް ޖަވާބު ނުދޭތީ، މިކަމާ ގުޅޭގޮތުން، ރިސޯޓުގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.