ލޭބާ ޕާޓީއީ ރަޖިސްޓްރީކޮށްދީފި.

ކިޔުމަށް ހޭދަވާނީ 43ސ
ލޭބާ ޕާޓީއީ ރަޖިސްޓްރީކޮށްދީފި.

ލިޔުނީ: ޒިދާން މުހައްމަދު 

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްއޭޑީ) ނުވަތަ ލޭބާ ޕާޓީ، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީކޮށްދީފިއެވެ. 

ގާނޫނީ ވަކީލު އަބްދުﷲ ހަސީނު އިސްވެ ހުންނަވައިގެން އުފެއްދި ލޭބާ ޕާޓީ އިލެކްޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން، މިއަދު ވަނީ އެ ޕާޓީއާ ހަވާލުކޮށްފައެވެ. 

ލޭބާ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ނަމާއި އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރަށް ޕާޓީގެ ބައެއް މުހިއްމު ކަންކަން ވަނީ ނިންމާފައެވެ. ޕާޓީގެ ކުލައެއްގެ ގޮތުގައި ކަނޑައެޅީ ރަތް، ކަޅު އަދި ހުދުކުލައެވެ.

މިއަދު އޮންލައިން