މިއަދަކީ ދިވެހިރާއްޖެއަށް އިނގިރޭސިބަހުން ކުރިން ކިޔަމުން އައި ނަން ކަމަށްވާ "މޯލްޑިވް އައިލަންޑްސް"، ރަސްމީ ގޮތުން "މޯލްޑިވްސް"އަށް ބަދަލުކުރި ދުވަހެވެ.
މިކަމުގެ ނިންމެވުން ދިވެހި ދައުލަތުގެ ފަރާތުން ހާމަކޮށްފައިވަނީ އެއިރުގެ މިނިސްޓަރ އޮފް އެކކްސްޓަރނަލް އެފެއާޒް ، އަޙްމަދު ޒަކީ ސޮއިކުރައްވައި ޢާންމުކުރެއްވި އިޢްލާނަކުންނެވެ. އެ ލިޔުމުގައިވާ ގޮތުން 21 ޖަނަވަރީ 1969 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ނަމަކީ "ރިޕަބްލިކް އޮފް މޯލްޑިވްސް" އެވެ.
