މިލަންދޫ ކައުންސިލް އިދާރާ ދޮރު މައްޗަށް މަހުލޭ އަޅައިފި

ކިޔުމަށް ހޭދަވާނީ 31ސ
މިލަންދޫ ކައުންސިލް އިދާރާ ދޮރު މައްޗަށް މަހުލޭ އަޅައިފި

ށ. މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަން އިންނަ ދޮރު މައްޗަށް "މަހުލޭ" އަޅާފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިލަންދޫ ކައުންސިލު އިދާރާއަށް ވަންނަން އިންނަ ދޮރު މައްޗަށް، ރޭގެ ވަގުތެއްގައި މަހުލެއި އަޅާފައި ހުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ.

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން އަންނައިރު މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ

މިއަދު އޮންލައިން