ވަރުވާއަށް ފަޅުރަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅު ރަށްރަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ފަޅުރަށްތައް ހޯދުމަށް އެދި މިނިސްޓްރީ އަށް ފޯމު ހުށަހަޅައި، މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރެވި ހުރި ރަށްތަކާ އެކު ސޮއިކުރުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުންނެފައެވެ.