ވައްކަމުގެ ތުހުމަތުގައި އޭދަފުށީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ، މެލޭޝިއާ އިން ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 59ސ
ވައްކަމުގެ ތުހުމަތުގައި އޭދަފުށީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ، މެލޭޝިއާ އިން ހައްޔަރު ކޮށްފި

މެލޭޝިއާގައި ހުރި އަންނައުނު ވިއްކާ ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި، ބ. އޭދަފުށީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ ނިއުމާ އަޙުމަދު، ހައްޔަރު ކޮށްފިއެވެ. 

މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިން މައުލޫމާތު ދިން ގޮތުގައި، އެފިހާރައިން ވައްކަން ކުރިކަމުގެ ތުހުމަތުގައި ނިއުމާ ހައްޔަރު ކުރީ މީގެ ދެ ދުވަހެއްވަރު ކުރިންނެވެ. އަދި އޭނާ އަދިވެސް ހުރީ އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

މިމައްސަލައާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު، ނިއުމާ މެލޭޝިއާ އަށް ފުރީ އަމިއްލަ ދަތުރެއްގައި ކަމަށް އަެދަފުށީ ކައުންސިލުގެ ރައީސް ޠަލާލް އަބްދުއްރަޙްމާން ވިދާޅުވެފައިވެއެވެ. 

ނިއުމާ ހައްޔަރުކުރިކަން ނުރަސްމީކޮށް އެނގިފައިވީ ނަމަވެސް، ރަސްމީ އެއްވެސް ފަރާތަކުން އަދި އެކަން އަންގާފައިނުވާ ކަމަށް ވެސް ޠަލާލް ވިދާޅުވިއެވެ. 

ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާ މެލޭޝިއާއަށް ވަޑައިގަތީ ދަރިންނާއެކު ޗުއްޓީ ހޭދަ ކުރާށެވެ. 

އޭދަފުށީ ކައުންސިލްގެ ޒިންމަަދާރުވެރިޔާ ވައްކަން ކުރިކަމާއި ބެހޭ ގޮތުން އެއާއިލާގެ ފަރާތުން ވެސް އަދި ބަހެއް ނުލިބެއެވެ.

މިއަދު އޮންލައިން