ފ. ނިލަންދޫން މާލެއަށް ދަތުރުކުރި ބޯޓެއްގައި 78 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިރޭ 6:15 ހާއިރުއެވެ. މަރުވެފައިވަނީ ނިލަންދޫ އަށް ނިސްބަތްވާ އައިޝަތު އުމަރު މަނިކުއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މެންދުރުފަހު ނިލަންދޫން ބޯޓު ފުރިއިރު އެމީހާގެ ސިއްހަތު ރަނގަޅު ކަމަށާއި އެހެންނަމަވެސް ދަތުރުކުރަމުން ދަނިކޮށް ވަކިހިސާބަކުން އެމީހާގެ ނޭވާޔަށް އުދަގޫވާން ފެށިކަމަށެވެ.
ސީއެމްބިއުލާންސްގައި އެމީހާ ނިލަންދޫއަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތުލިބިފައިވެއެވެ.