ފޯނަކަށް އޯޑަރު ދިނުމުން، ލިބުނީ ދެ ސައިބޯނި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ފޯނަކަށް އޯޑަރު ދިނުމުން، ލިބުނީ ދެ ސައިބޯނި

އޮންލައިންކޮށް އެއްޗެހި ގަތުމަކީ މިޒަމާނުގައި ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމެކެވެ. އަދި މިފަދައިން އޯޑަރު ކޮށްގެން ގެންނަ ގިނަ ތަކެތި އޮޅިފައި ނުވަތަ އޮޅުވާލާފައި ހުރުން، ނޫނީ ހަލާކުވެފައި ހުރުމަކީ ވެސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.

ވަރަށް ފަހުން ކަލްކަޓާގެ ދަމަފިރިއަކަށް ވަނީ މިފަދައިން "ލަނޑެއް" ލިބިފައެވެ.

 

އޮންލައިންކޮށް އޯޑަރު ދީގެން އެދެމަފިރިން ގަތީ ފޯނެކެވެ. ނަމަވެސް ޕާރުސަލު ލިބުނުއިރު، ވިއްކި ފަރާތުން ފޮނުވާފައިވަނީ ދެ ސައިބޯންޏެވެ.

ނީރަޖް އާއި އޭނާގެ އަންހެނުން ޕްރީތީ ބުނިގޮތުގައި، އަގުބޮޑު ފޯނެއް ވަރަށް އަގުހެޔޮކޮށް ވިއްކާކަމަށް އޮންލައިން ޕޭޖަކުން ފެނިގެން އެމީހުން އޯޑަރު ދިނީއެވެ.

އެއީ މިމަހުގެ 20 އިން ފެށިގެން 23 އަށް އޮތް ޚާއްސަ ޕްރޮމޯޝަނެއް ކަމުގައި ބުނެފައި އިންކަމަށް ވެސް އެދެމަފިރިން ބުނެފައިވެއެވެ.

އޭގެ ދެ ހަފްތާވަރު ފަހުން އެމީހުންގެ ނަމުގައި ޕާރުސަލެއް އައުމުން އެއީ ފޯނުކަމަށް ހީކޮށް ބަލައިލިއިރު، ޕާރުސަލުގައި އޮތީ ފޯނެއް ނޫނެވެ. ދެ ސައިބޯންޏެވެ.

 

އޯޑަރު ދިން ފޯނުގެ ބަދަލުގައި ދެ ސައިބޯނި ލިބުމުން އެދެމަފިރިން މިހާރު ވަނީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި، ކަލްކަޓާ ޕޮލިސް މިހާރު މިމައްސަލަ ބަލަމުންދާއިރު، މިއީ އައު މައްސަލައެއް ނޫން ކަމަށާއި މިގޮތަށް އޮންލައިންކޮށް އެއްޗެހި ގަނެގެން ޖެހޭ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ

މިއަދު އޮންލައިން