ލިޔުނީ: ޒިދާން މުހައްމަދު
އީމެއިލް މެދުވެރިކޮށް، ޕާސްޕޯޓަށް އެދުމުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދޭން ފަށައިފިއެވެ. އެހެންކަމުން، މިހާރު އީމެއިލް މެދުވެރިކޮށް ޕަސްޕޯތަށް އެދެވޭނެއެވެ.
ޕާސްޕޯޓަށް އެދުމަށް މެއިލް ކުރައްވަން ޖެހިވަޑައިގަންނަވާނީ، [email protected] އަށް ކަމަށް އިމިގުރޭޝަނުން ބުނެއެވެ. ނަމަވެސް، ގެއްލިފައިވާ ޕާސްޕޯޓާއި ހަލާކުވެފައިވާ ޕާސްޕޯޓު އަދި ސެކަންޑް ޖެނެރޭޝަން ޕާސްޕޯޓުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް އަށް މަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށައެއް ނޭޅޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދިވަޑައިގަންވާ ފަރާތްތަކުން، އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖެހުމަށްފަހު،
ޖޭޕީއީޖީ ފޯމެޓްގައި ސްކޭންކޮށްފައިވާ ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އާއި ރެވެނިއު ސްޓޭމްޕާއި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓު އަދި ޕާސްޕޯޓު ސައިޒު ފޮޓޯ މެއެއިލަށް އެޓޭޗުކޮށް، ދެންނެވުނު އެޑްރެސްއަށް ފޮނުވާލުމުން، ޕާސްޕޯޓާ އެދެވުނީ ކަމަށް އިމިގުރޭޝަން އޮފީހުން ބުނެއެވެ.