ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 24ސ
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޗައިނާ ފިރިހެނަކު މަރުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމީހާ މަރުވެގެން އޭޑީކޭ އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:03 ގައި ކަމަށެވެ.

ފަތުރުވެރިއެއްގެ ގޮތުގައި އެރިސޯޓުގައި މަޑުކުރި އެޗައިނާ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ހިފާފައި ހުރި ކޮޓަރި ތެރެއިން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން