މާފަންނުގައި ހުރި ގެއެއްގެ ތެރެއިން ނޭޕާލް އަންހެނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއަަ އޮފިޝަލަކު ވިދާޅުވީ ދަންޖެހިގެން މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:21 ގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.