ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށް ތައްޔާރު.

ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށް ތައްޔާރު.

ލިޔުނީ: ޒިދާން މުހައްމަދު 

ރާއްޖޭން އޮތީ ކޮމަންވެލްތާ އަލުން ގުޅުމަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަަށް ފޯރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، މިކަމާ ގުޅޭގޮތުން މިއަދު ބެއްވި މަޝްވަރާގެ ބައްދަލުވުމެއްގައެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީޝާ ސްކޮޓްލޭންޑާ މިއަދު ބައްދަލު ކުރައްވާ ޝާހިދު ވިދާޅުވީ، ކޮމަންވެލްތާ އަލުން ރާއްޖޭން ގުޅެން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން އެ ޖަމިއްޔާ އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

މީގެ އިތުރުން، މިކަމާ ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީޝާ ވިދާޅުވީ އަލުން ރާއްޖެ ކޮމަންވެލްތަށް ގުޅޭތީ، ކޮމްނަވެލްތުގެ އާއިލާ އިން ރާއްޖެ އަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭން އަލުން ކޮމަންވެލްތަށް ގުޅުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިއަދު އިނގިރޭސިވިލާތުގެ ލަންޑަނުގައި ބެއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދު އޮންލައިން