ލިޔުނީ: ޒިދާން މުހައްމަދު
އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް، ނިންމާފައިވާ ކަމަށް، މިނިސްޓްރީން އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނެއްގައި ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ޑްރާފްޓާ މެދު ޚިޔާލު ހުށަހެޅުމާއި އެކަމާ ބެހޭ މަސައްކަތު ބައްދަލުވުމެއް އާންމުކޮށް ހުޅުވާލައިގެން އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތަތަކުން މާދަމާ ރަސްމީގަޑި ނިމި، އޮފީސް ބަންދުކުރުމުގެ ކުރިން، އެ މިނިސްޓްރީއަށް އީމެއިލަކުން އަންގަވާދެއްވުމަށް އެ އިއުލާނުގައި އެދިފައިވެއެވެ.
މީގެ އިތުރުން، ފާހަގަކޮށްލަންޖެހޭ ގޮތުގައި، މީގެ ކުރިން އިމާރާތް ކުރުމުގެ ގާނޫނުގެ ހަދަންޖެހޭ ގަވާއިދުތައް ނަހަދާ އޮތުމުން އޭގެ ތެެރެއިން 13 ގަވާއިދެއް ހެދުމަށް މިމަހު ސިވިލް ކޯޓުން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފައެވެ.