އިންޑިއާގެ ތާޖް ކުންފުނިން ރާއްޖޭގައި ހިންގާ 2 ރިޒޯޓުގެ ތެރެއިން މާލެ ކައިރީގައި އޮތް އެނބޫދޫ ފިނޮޅުގައި ހިންގާ ތާޖް އެގްޒޯޓިކާ ރިޒޯޓުގެ 5 މޫދު ކޮޓަރީގައި އަލިފާން ރޯވެ ރޭ އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފުރަތަމަ ރޯވީ ފަތުރުވެރިން ތިބި ކޮޓަރިއެއްގައި ކަމަށާއި ނަމަވެސް އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ކޮޓަރިތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓް ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންނާއި އެ ރިސޯޓްގެ ފަޔަރ ޓީމު ކުރި މަސައްކަތުން ވަނީ ނިއްވާލައިފައެވެ.
މިހާދިސާގެ މަޢުލޫމާތު އިޔެއް ރޭ ފަތިހު 04:48 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށާއި އެ ރިސޯޓްގެ 5 މޫދު ކޮޓަރިއެއްގައި ރޯވި މި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ އިޔެއް ހެނދުނު 06:15 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.