ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމާ ގުޅޭގޮތުން ބައްދަލުވުމެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމާ ގުޅޭގޮތުން ބައްދަލުވުމެއް ފަށައިފި

ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމާއި ގުޅޭގޮތުން މަލްޓި-ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިފިއެވެ.

ޔޫރަޕިއަން ޔޫނިއަން ގެ ސްވިޗް އޭޝިޔާ ފެސިލިޓީއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން އ.ދ ގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ 12 ވަނަ ލަނޑުދަނޑި ކަމުގައިވާ ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި އެކިއެކި ދާއިރާތަކުގައި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތާއި އަދި އެކިއެކި ގިންތިތަކުގައި އިސްރާފު ކުޑަކޮށް އެންމެ ހަރުދަނާ ކަމާއިއެކު ތިމާވެށްޓާ ރައްޓެހި ގޮތެއްގައި އަމަލުތައް ބެހެއްޓުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމެވެ. އަދި މީގެ އިތުރުން މި ބައްދަލުވުމުގައި އީޔޫ ސްވިޗް އޭޝިޔާ ފެސިލިޓީގެ ފަރާތުން ހުޅުވާލެވިފައިވާ، ހިލޭ އެހީގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު އެރުވޭނެއެވެ. މި ޕްރޮގްރާމަކީ ޒިންމާދާރުކަމާއި އެކު ތަކެތި އުފައްދާ ބޭނުން ކުރުމަށް މަސައްކަތްކުރެވި ނަތީޖާ ނެރެވިދާނެ ފަދަ މަޝްރޫއުތަކަށް ހިލޭ އެހީ ދިނުމަށް ވިލާތުގެ އިއްތިހާދުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

އެއް ދުވަހަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ގުޅުން ހުރި މިނިސްޓްރީތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.

 

މިއަދު އޮންލައިން