މަކުނުދޫ ވިލުތެރޭން ކަނޑު ހަރުފައެއް ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ
މަކުނުދޫ ވިލުތެރޭން ކަނޑު ހަރުފައެއް ފެނިއްޖެ!

ލިޔުނީ: ޒިދާން މުހައްމަދު 

މަހަށް ގޮސް އުޅުނު ބަޔަކަށް މަކުނޫދޫ ވިލުތެރެއަށް ކަނޑު ހަރުފައެއް ފެނިއްޖެއެވެ. ވިހަގަދަ މި ހަރުފައިގެ ދިގުމިނުގައި ގާތްގަނޑަކަށް ދޮޅު ފޫޓު ވަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ. 

އިއްޔެ ފެނުނު އެ ހަރުފަ، ފުޅިއަކަށް ލައިގެން ރަށަށް ގެންގޮސް، މިހާރު ވަނީ ޓޭންކަކަށް ލައިފައި ކަމަށް މައުލޫމާތު ލިބިއެވެ. ރާއްޖެއިން ފެނުނު މި ހަރުފައަށް އިނގިރޭސި ބަހުން ކިޔާ އުޅެނީ 'ޔެލޯ ބެލީޑް ސީ ސްނޭކް' އެވެ. ރަށު މީހުނަށް ދައްކާލުމުގެ ބޭނުމަށް މިވަގުތު ޓޭންކަކަށް ލާފައި އޮތް ނަމަވެސް، އެ ހަރުފަ، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް، އެ ދޯނީގައި މަހަށް ދިޔަ މީހުން ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާރު އެ ހަރުފަ ޕޮލިހަށް ހަވާލުކޮށްފައިވާ ކަމެއް އަދި ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ. 

މަދު ވިހަކޮޅެއް ހުންނަ މި ހަރުފަޔަކީ އާއްމު ގޮތެއްގައި ޕެސިފިކް ކަނޑުން ފެންނަ އެއްޗެކެވެ. ނަމަވެސް، މި ހަރުފައިގައި ހުންނަ ވިހައަކީ، ވަރަށް ނުރައްކާތެރި ވިހައެކެވެ. ވިހަ ޖަހައިފި ނަމަ އަވަސް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދެއެވެ. ނޫންނަމަ އެއީ ފުރާނައަށް ނުރައްކާވާ ކަމެކެވެ.

މިއަދު އޮންލައިން