މަލްޓިގުރޭޑަށް ކިޔަވައިދީގެން ވެސް ނަތީޖާ ނެރެވޭނެކަން ވާދޫސްކޫލުން ސާބިތުކޮށްދީފި

ކިޔުމަށް ހޭދަވާނީ 1މ 58ސ
މަލްޓިގުރޭޑަށް ކިޔަވައިދީގެން ވެސް ނަތީޖާ ނެރެވޭނެކަން ވާދޫސްކޫލުން ސާބިތުކޮށްދީފި

ލިޔުނީ: ޒިދާން މުޙައްމަދު

މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަލްޓިގްރޭޑަށް ކަންބޮޑުވުން ފާޅުކުރަމުން ދިޔަކަމުގައި ވީނަމަވެސް، ރ.ވާދޫ ސްކޫލުން ވަނީ، މަލްޓިގްރޭޑަށް ކިޔަވައިދީ ނަތީޖާ ނެރެވިދާނެކަން ސާބިތުކޮށްދީފައެވެ. އެގޮތުން، މި ހިނގާދިޔަ 2018 ވަނަ އަހަރު އެ ސްކޫލްގެ ނަތީޖާއަށް ބަލާލާއިރު، މަލްޓިގްރޭޑަށް ކިޔެވި ދަރިވަރުންގެ ނަތީޖާ ނިސްބަތުން ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭ ގޮތުން، ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރާ އަޅުގަނޑު ސުވާޅުކުރުމުން، ވިދާޅުވީ މިދިޔަ އަހަރު އެ ސްކޫލުގެ މޮނޮގްރޭޑަށް ވުރެ މަލްޓި ގްރޭޑް ދަރިވަރުންގެ ކޮންޕިޓެންސީއާއި ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކަމަށެވެ. އަދި ވާދޫސްކޫލަކީ މިވަގުތު ރާއްޖޭގައި މަލްޓިގްރޭޑްކުރެވިފައިވާ 44 ސްކޫލްގެ ތެރެއިން އެއްމެ ރަނގަޅަށް މި މޮޑެލްއަށް  ކިޔަވައިދޭ އެއްސުކޫލްކަން ވެސް އިސްމާޢީލް ނަސީރު ވަނީ އުފަލާއެކު އަޅުގަނޑާ ހިއްސާކޮށްފައެފެ.

މީގެ އިތުރުން، މިހާ ކާމިޔާބު ކަމާއެކު، މިކަން ކުރަމުން އަންނަ ގޮތަކާމެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލު ވެސް ވާދޫ ސްކޫލްގެ ޕްރިންސިޕަލާ އަމާޒުކޮށްލީމެވެ. އިސްމާޢީލް ނަސީރު ޖަވާބު ވަރަށް ސިދާ އަދި ސާދާއެވެ. އެބޭފުޅާ ވިދާޅުވީ، ވާދޫސްކޫލަކީ މަލްޓިގްރޭޑާއި ގުޅިގެން މިހާތަނަށް ޝާއިރުކުރެވިފައިވާ ގިނަ ދިރާސާތަކުގެ އަލީގައި އެކަންކުރަމުންގެންދާ ސްކޫލުލެއް ކަމަށާއި ނަތީޖާ ރަނގަޅުވުމުގެ ސިއްރަކީ އެއީ ކަމަށެވެ.

ވާދޫސްކޫލްގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރު ހާމަކުރައްވާ ގޮތުގައި މިހާރުގެ ގައުމީ މަންހަޖުގެ ތެރެއިން އެއް ކީސްޓޭޖެއްގައި މަލްޓިގްރޭޑަށް ކިޔަވައިދިނުން ޑިޒައިންކޮށް ކިޔަވައިދިނުމަކީ ދަތިކަމެއް ނޫންކަމުގައެވެ. އަދި މިހާރުގެ ގައުމީ މަންހަޖާއި ސިލަބަސްތަކަކީ މަލްޓިގްރޭޑްކޮށް ކިޔަވައިދެވޭގޮތަށް ޑިޒައިންކުރެވިފައިވާ މަންހަޖެއްކަމުގައެވެ. ހަމަ އެހެއްމެ، އާބާދީ މަދުވުމުގެ ސަބަބުން ޝާމިލްކުރުން ކްލާސްތަކުގައި ނުގެންދެވޭނެ ސްކޫލްތަކަށް އެއްމެ ރަނގަޅު އެއްމޮޑެލް އަކީ މަލްޓިގްރޭޑް ކަން އިސްމާޢީލް ނަސީރު ވިދާޅުވިއެވެ.

އެހެންކަމުން ވާދޫސްކޫލުން މިވަނީ މިކަމުގައި އެހެން ސްކޫލްތަކަށް ނަމޫނާ ދައްކާފައެވެ. މަލްޓިގްރޭޑަށް ކިޔަވައިދީގެން ވެސް ނަތީޖާ ނެރެވޭކަން މުޅި ރާއްޖެއަށް ހާމަކޮށްދީފައެވެ.

މިއަދު އޮންލައިން