ޤުރްއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމެއް!

ކިޔުމަށް ހޭދަވާނީ 54ސ
ޤުރްއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމެއް!

ލިޔުނީ: ޒިދާން މުހައްމަދު

ކީރިތި ޤުރްއާނުން ހިތުދަސްކޮށްގެން ކިޔައިދޭ ކޮންމެ ފޮތަކަށް 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމެއް ފަށައިފިއެވެ. ”ޓީ.ކިޔު.އައިގެ ޙިފްޡް ޕްރޮގުރާމް” ގެ ނަމުގައި، މި ޕޮރޮގުރާމް ކުރިއަށް ގެންދަނީ ޓީ.ކިޔު.އައި އިންނެވެ.

މި ޕްރޮގުރާމަކީ 2016 ވަނަ އަހަރުން ފެށިގެން ނ.ލަންދޫ، ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގައި ކުރިއަށް ގެންދާ ޕްރޮގުރާމްކެވެ. މިހާތަނަށް 4 ފަރާތަކުންވަނީ ވަނީ މި ޕްރޮގުރާމުގައި ބައިވެރިވެ ފައިސާގެ އިނާމް ހާސިލްކޮށްފައެވެ. ޤުރްއާނުން މިންވަރެއް ހިތުދަސްކުރުމަށް ބާރު އެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ މި ޕްރޮގުރާމްގެ ދަށުން އެ އިންސްޓިޓިއުޓަށް ގުޅުނު 4 ފަރާތަކުން ކަމަށް މައުލޫމާތުލިބެއެވެ. 

އަލަށް ގުޅުނު ކުދިންގެ އިތުރުން، އެ އިންސްޓިޓިއުޓްގައި އުނގެނެމުން ދިޔަ 3 ދަރިވަރަކު ވަނީ، 1 ފޮތް ހިތުދަސްކޮށް، ކިޔައދީ މި ޕްރޮގުރާމުގެ ދަށުން އިނާމް ހާސިލްކޮށްފައެވެ.

މިއަދު އޮންލައިން