ނ. އަތޮޅު ކައުންސިލްގެ “ގޯލްޑަން އޭޖް” ސްކޮލަރޝިޕަށް ހުޅުވާލައިފި.

ކިޔުމަށް ހޭދަވާނީ 1މ 5ސ
ނ. އަތޮޅު ކައުންސިލްގެ “ގޯލްޑަން އޭޖް” ސްކޮލަރޝިޕަށް ހުޅުވާލައިފި.

ލިޔުނީ: ޒިދާން މުހައްމަދު 

ގޯލްޑަން އޭޖް އެޑިއުކޭޝަން އާއި ނ. އަތޮޅު ކައުންސިލް ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުން 3 ޓިއުޝަން ފްރީ ސްކޮލަރޝިޕް ދިނުމަށް ހުޅުވާލައިފިއެވެ. މި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނ. މަނަދޫގައެވެ. 

މި ސްކޮލަރޝިޕް ދިނުމުގައި ނ. އަތޮޅު ރައްޔިތުންގެ ތެރެއިން ފުދުންތެރިކަން ދަށް އާއިލާތަކުގެ ކުދިންނަށް ޚާއްޞަ އަހަމިއްޔަތު ކަމެއް ދެވޭނެ ކަމަށް، ނ އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މި ސްކޮލަރޝިޕަށް އެދުމަށް ބޭނުންވާ ފޯމް ނ. އަތޮޅު ކައުންސިލް އިދާރާގެ އިތުރުން، މަނަދޫގައި ގާއިމްކޮށްފައިވާ، ގޯލްޑަން އޭޖް އެޑިއުކޭޝަން ފޯކަލްޕޮއިންޓްގެ ހޮޓްލައިން 7550795 ގުޅުއްވައިގެން އަދިgoldenage.edu.mvއިން ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށް ނ. އަތުޅު ކައުންސިލުން މައުލޫމާތު ދެއެވެ.

މިއަހަރު ގޯލްޑެން އޭޖުން  ނ. މަނަދޫގައި ފެށުމަށް އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޔުނިވާސިޓީ ޕްރޮޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)، އެޑްވާންސް ސެޓްފިކެޓް އިން ޕްރޮޖެކްޓް މެނޭޖްމެންޓް، ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމެންޓް، އަދި ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމެންޓް ހިމެނެއެވެ.

މިއަދު އޮންލައިން