އިންދިރާ ގާންދި މެމޯރިލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވި އުމުރުން 85 އަހަރުގެ ފިރިހެނެއްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމް އިން ބުނެފައިވާ ގޮތުގައި، ނިޔާވި މީހާއަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.
އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައިޖީއެމްއެޗް ގައި ރެގެ ވަގުތެއްގައި ނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެފައިވަނީ ގުދުރަތީ މަރަކުން ކަމަށާއި އޭނާއަކީ ފުއްޕާމެއާއި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
މީގެއިތުރުން އެމިނިސްޓްރީން ބުނެފައިވަނީ، އެމީހާއަކީ އަޅާލާނެ މީހެއް ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މީހެއް ކަމަށެވެ.