އިމާމު ކޯސް ލެވެލް 3 ލަންދޫގައި ފަށަނީ!

ކިޔުމަށް ހޭދަވާނީ 44ސ
އިމާމު ކޯސް ލެވެލް 3 ލަންދޫގައި ފަށަނީ!

ލިޔުނީ: ޒިދާން މުހައްމަދު 

ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓާއި އީފިއަސް ކޮލިޖިއޭޓް ގުޅިގެން ނ.ލަންދޫގައި އިމާމު ކޯސް ލެވެލް 3 ބްލޮކުމޯޑަށް ފެށުމަށް ނިންމައިފިއެވެ. މީހުން ހަމަވިހާ އަވަހަކަށް ކޯސް ފެށުމަށް ނިންމާފައިވާ ކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ. 

މި ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ. ބުރާސްފަތި ދުވަހުގެ ކްލާސްތައް އޮންނާނީ ރޭގަނޑުއެވެ. އަދި ހުކުރު ދުވަހުގެ ހެނދުނު، މެންދުރުފަހު އަދި ރޭގަނޑުވެސް ކުރިއަށް ދާނެ ކަމަށް މައުލޫމާޓު ލިބިފައި ވެއެވެ. ހޮނިހިރު ދުވަހު ކްލާސްތައް އޮންނާނެ ގަޑިއެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ހަ މަސް ދުވަހުގެ މުއްދަތކަށް ކުރިއަސްދާ މިކޯހަށް ވަނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.   

މިއަދު އޮންލައިން