އެސްޓީއޯގެ އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް މއ. ކަނޯވާ މުޙައްމަދު ޝަފާޒް ހަމަޖައްސައިފި އެވެ. ޝަފާޒް އެ މަޤާމަށް ހަމަޖެއްސީ އެމަޤާމުގައި ހުރި އަޙްމަދު އަމީލް އިސްތިއުފާ ދެއްވުމުންނެވެ.
އެލައިޑް އިންޝުއަރެންސް ކުންފުނީގައި މުޙައްމަދު ވަނީ 24 އަހަރު ޚިދުމަތް ކުރައްވައި ކުންފުނީގެ އެގްޒެކަޓިވް ޑިރެކްޓަރުކަމުގެ މަޤާމާއި ޑިޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުވެސް ފުރުއްވައިފައެވެ.