މާމެންދޫ ކޯޓު ފަލާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 38ސ
މާމެންދޫ ކޯޓު ފަލާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި!

ލިޔުނީ: ޒިދާން މުހައްމަދު 

ގއ. މާމެންދޫ ކޯޓު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.  އެނގިފައިވާ ގޮތުން، ވަގަށް ނަގާފައި ވަނީ 13،000 އަށް ވުރެ ގިނަ ދިވެހި ފައިސާއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 08:00 ގައި އެކަން ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން ދާކަމަށެވެ. އަދި މާމެންދޫ ކޯޓުގައި ހުރި ތިޖޫރިން ވައްކަން ކޮށްފައި ވަނީ ކޯޓުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ބަލަމުން ދިޔަ ނަމަވެސް، މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވާކަމެއް އަދި ނުވާކަމެއް ވެސް ފުލުހުން  ހާމަކޮށްފައި ނުވެއެވެ.

މިއަދު އޮންލައިން