އަޒްހަރުން ޓީޗަރުން ފޮނުވަން ފަސް ޖެހެން ފެށީ ފޮނުވި ޓީޗަރުން 2017 ވަނަ އަހަރު ޑީޕޯޓްކުރުމުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 55ސ
އަޒްހަރުން ޓީޗަރުން ފޮނުވަން ފަސް ޖެހެން ފެށީ ފޮނުވި ޓީޗަރުން 2017 ވަނަ އަހަރު ޑީޕޯޓްކުރުމުން!

މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ރާއްޖެއަށް ޓީޗަރުން ފޮނުވަން ފަސް ޖެހެން ފެށީ ފޮނުވި 7 ޓީޗަރަކު 2017 ވަނަ އަހަރު އެއާޕޯޓުގައި ހިފަހައްޓައި ޑީޕޯޓްކުރުމުން ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ފޮނުވި 4 ޓީޗަރުންނަކީ ވެސް 2017 ވަނަ އަހަރު އެ މައްސަލަ ޖެހުމުގެ ކުރިން ފޮނުވައިދޭން ހަމަޖައްސާފައިވާ 4 ޓީޗަރުންނެވެ. 

މިއަދުނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ އެ 7 ޓީޗަރުން ރާއްޖެއިން ޑީޕޯޓްކުރި ހިސާބުން ފެށިގެން އަޒްހަރު ޔުނިވަރސިޓީ އާއި ރާއްޖެ އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. "އަޒްހަރުން އެހައި ބޮޑު ކަމެއް ފެށުނީންސުރެ ކޮށްދެމުން އަންނައިރު އެކަމަށް ބަލައިލުމެއް ނެތި 10 ވަރަކަށް ގަޑިއިރުގެ ދަތުރެއް ކޮށްފައި އަންނަ ޓީޗަރުން ހިފަހައްޓައި އަނބުރާ ފޮނުވާލީމާ ވާ ގޮތް މިފެންނަނީ. ހުރިހާ ދެރައެއް ރައްޔިތުންނަށް. ދަރިވަރުންނަށް."

މަޢްހަދުގެ ނަމުގައި ރާއްޖޭގައި ސްކޫލެއް އުފައްދައި ޢަރަބި މީޑިއަމަށް ކިޔަވައިދޭން ފެށީންސުރެ އެންމެ ގިނަ އަދަދެއްގެ ޓީޗަރުން ފޮނުވައިދީފައިވަނީ މިޞުރުންނެވެ. ފަހަކަށް އައިސް ސައުދިޢަރަބިޔާއިން ވެސް ގެންދަނީ ޓީޗަރުން ފޮނުވައިދެމުންނެވެ.

މިއަދު އޮންލައިން