ފެރީއަކުން އަރުވަމުން ދިޔަ ސައިކަލެއް އެމްއެމްއޭ ކުރިމަތިން ބަނދަރު ސަރަޙައްދުން މޫދަށް ވެއްޓިއްޖެއެވެ.
މަންޒަރު ދުށް މީހަކު "މިއަދުނޫހަށް" މައުލޫމާތު ދިން މީހަކު ބުނިގޮތުގައި، މޫދަށް ވެއްޓިފައިވަނީ "ޕީސީއެކްސް" ބްރޭންޑުގެ ސައިކަލެކެވެ. މޫދުން ސައިކަލު ނެގީ ދެ ފުލުހުންގެ އެހީތެރިކަމާއިއެކު ކަމަށާއި ސައިކަލު މިހާރުވީ ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެމީހާ މައުލޫމާތު ދީފައިވެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 15:20 ހާއިރެވެ.
އެނގިފައިވާ ގޮތުގައި ސައިކަލު މޫދަށް ވެއްޓުނީ އެހިފައިގެން އައި ޝްރީ ލަންކާ މީހަކު، ސައިކަލު ޖޭޓީމަތީގައި ބަހައްޓާފައި މުއްގަނޑަށް އަނބުރާލުމުގެ ސަބަބުންނެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.