"ކިތަންމެ އަރާމު ލިބޭ ކަމެއް ކަމުގައި ވިޔަސް ކަންފަތަށް އެއްޗެހި ލުމަކީ ބައެއްފަހަރަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. މިއީ އިލޮށި ކޮޅަކުން ކަންފަތުގެ ތޫރި އަށް ލިބިފައިވާ ގެއްލުމެވެ." ޑރ. މައްރޫފް ޙުސައިން

ކަންފަތަށް އެއްޗެތި ކޮއްޕުމަކީ ނުވަތަ ކަންފަތަށް އެއްޗެތި ލުމަކީ ވަރަށް ގިނަ ބައަކަށް ކުރެވޭ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައްވެސް ލިބެއެވެ.