މީގެ ކުރިން ހުޅުމާލޭގައި ބޭނުން ކުރަމުން އައި "ދަތުރު ކާޑު" ގެ ޚިދުމަތް މިހާރު ވިލިމާލެ އަށް ވެސް ތަޢާރަފު ކޮށްފިއެވެ.
މާލެއާއި ވިކިމާލެ އާއި ދެމެދު ދަތުރު ކުރުމުގައި ލުއިފަސޭހަ ކޮށްފިނުމުގެ ގޮތުން، މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން "ދަތުރު ކާޑުގެ" ޚިދުމަތް ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ.
އެގޮތުން "ދަތުރު ކާޑެއްގެ" އަގަކީ 35 ރުފިޔާ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާއިރު، ކޮންމެ ކާޑަކަށް ވެސް 50 ރުފިޔާއިން މަތީގެ އަދަދަކުން ރީޗާޖު ކުރެވޭނެއެވެ.

މީގެއިތުރުން ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް އެމްޓީސީސީގެ ފަރާތުން މިޚިދުމަތް ދެނީ މުޅިން ހިލެއެވެ.
"މިކޮޅުން (އެމްޓީސީސީ އިން) ސްކޫލް ކުދިންގެ ދަތުރުކާޑު ހައްދައިދޭނީ. އަދި މުޅިއަކު 507 ރުފިޔާ އެކުދިންގެ ކާޑަށް އެމްޓީސީސީ ގެ ފަރާތުން އަޅާދިނުމަށް ވަނީ ހަމަޖެހިފަ" އެމްޓީސީސީ ގެ އޮފިޝަލަކު މައުލޫމާތު ދިފައިވެއެވެ.
ވިލިމާލެ "ދަތުރު ކާޑު" މާލޭގައި ހުންނަ ފެރީ ޓިކެޓު ކައުންޓަރުންނާއި އަދި ވިލިމާލޭގައި ހުންނަ ޓިކެޓު ކައުންޓަރުން ވެސް ހެއްދޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.