ގދ. ގައްދޫގައި މިިދިޔަ ޖެނުއަރީ މަހުގެ 25 ގައި އަމިއްލައަށް ގައިގާ އަލިފާން ރޯކޮށްލި އަންހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި އެއަންހެން މީހާއަކީ ނަފްސާނީ މައްސަލައެއް ވެސް ހުންނަ މީހެކެވެ. އޭނާ އެދުވަހު އަމިއްލަ ގައިގާ ރޯކޮށްލީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ގައިގާ ރޯކޮށްލުމުގެ ސަބަބުން އެއަންހެން މީހާގެ ހަށިގަނޑުގެ 75 އިންސައްތަ ފިހިފައިވެއެވެ.
އައިޖީއެމްއެޗް ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިންޑިއާއަށް އޭނާ ފޮނުވާލާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
އޭނާ ގެންގޮސްފައިވަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި އެނގިފައި ނުވިނަމަވެސް، އެއަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވެއެވެ.