ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުގެ މަނާ ސަރަހައްދެއްގައި ޑްރޯން އަރުވައިގެން ހަތަރު ދިވެއްސަކު ލަންކާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ހައްޔަރުކޮށްފައި ވަނީ 3 ފިރިހެނަކާއި އަންހެނެކެވެ. އޭގެތެރޭގައި ހިމްނެނީ އުމުރުން 19 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
މިމައްސަލަ ލަންކާފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު މިމީހުން ޑްރޯން އަރުވާފައި ވަނީ އެއާޕޯޓުގެ ކޮން ސަރަހައްދެއްގައި ކަމެއް ސާފުވާގޮތެއްނުވެއެވެ.