ލޮރީއަކުން ގައުތައް ފުރޮޅާލައި ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅިއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ބިއްލޫރިތައް ތެޅުނީ ބުރުޒުމަގު މައްޗަންގޮޅި ސަރަހައްދުގައި ބައިސްކަލް ފަދަ ތަކެތި ވިއްކާ ފިހާރައެއްގެ އެވެ.

މާލޭގެ މަގުތައް މިހައި ބޮޑަށް ތޮއްޖެހި ދުއްވާ އެއްޗެތީގެ އިތުރުން މީހުންނަށްވެސް މަގުން ހިނގަން ޖެހިފައިވާއިރު ސަލާމަތީ ފިޔަވަޅުތައް ނުއަޅައި ގައު ފަދަ ތަކެތި އުފުލަމުންދާކަން ފާހަގަކުރެވެއެވެ. މިއަދުގެ ހާދިސާގައި މީހަކަށް އަނިޔާވިކަން އެނގިފައެއް ނެތެވެ. ނަމަވެސް އެކަންމައްޗަކީ އަބަދުވެސް ގިނަ ބައަކު ހިނގައި ހުރަސްކުރާ ސަރަހައްދެކެވެ.