އެމްސީއެސްޓީން އައި.ސީ.ޓީ ފެއާއެއް ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމްސީއެސްޓީން އައި.ސީ.ޓީ ފެއާއެއް ބާއްވަނީ

މިނިސްޓްރީ އޮފް ސައިންސް ޓެކްނޮލޮޖީ އެންޑް ސައިންސް (އެމްސީއެސްޓީ) އިން ރާއްޖޭގައި ތިބި ހުނަރުވެރިންގެ އުފެއްދުންތައް ދައްކައިލުމަށް ފެއާއެއް ބާއްވާނެ ކަމަށް މިނސްޓަރ މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އައި.ސީ.ޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ" އިފްތިތާޙްކުރުމަށް މިއަދު ހެންދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މަލީޙް ވިދާޅުވީ އެފަދަ ފެއާރއެއް ބޭއްވުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭ ކަމަށާއި އެކަމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މަލީޙް ވިދާޅުވީ މިފެއާއަކީ އަމިއްލަ ކުންފުންޏަކުން ބާއްވާ ފެއާ އެއް ކަމަށާއި އަމިއްލަ ފަރާތަކުން މިފަދަ ކަމެއް އިންތިޒާމުކުރި ނަމަވެސް މިނިސްޓްރީން އެއްބާރުލުން ދޭނެ ކަމަށެވެ.

މަލީޙް ވިދާޅުވީ ޜާއްޖޭގައި ހުނަރުވެރިން ތިބުމާއިއެކު އެމީހުންގެ އުފެއްދުންތައް ދައްކައި މާކެޓް ކުރުމުން ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ލިބި ދުނިޔޭގެ ފެންވަރުގައި ތަރްޙީބް ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. .

މިއަދު އޮންލައިން